ޚަބަރު

މިދިޔަ އަހަރު 9،033 ފަރާތެއްގެ ކުށުގެ ރިކޯޑު ސާފުކޮށްދީފައިވޭ

އަހުމަދު ޖައިޝަން

މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 9،033 ފަރާތެއްގެ ކުށުގެ ރެކޯޑު، ސާފުކޮށްދީފިއެވެ.

ކުށުގެ ރެކޯޑުތައް ސާފުކުރި ކަމުގެ މައުލޫމާތު ހިމެނޭ ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓު ވަނީ މިއަދު އާންމުކޮށްފައެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި ކުށުގެ ރެކޯޑު ސާފުކޮށްދިން ފަރާތްތަކުގެ ތެރެއިން 5،506 ފަރާތެއްގެ ރެކޯޑު ސާފުކޮށްދީފައިވަނީ ފޯމު މެދުވެރިކޮށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނި އަދި އަމިއްލަ ފަރާތްތައް ހިމެނޭގޮތުން 3,527 ފަރާތެއްގެ ރެކޯޑު ސާފު ކޮށްދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް މިދިޔަ އަހަރު ވަނީ ގިނަ ފަރާތްތަކަށް ސިޓީ ފޮނުވައިފައެވެ.

ޕީޖީ އޮފީހުގެ ރިޕޯޓުގައި ބުނެފައިވަނީ މައްސަލަތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް އެމައްސަލަތަކާ ގުޅުންހުރި ފަރާތްތަކަށް އެންގުމަށްޓަކައި މިދިޔަ އަހަރު 2،230 ފަރާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.