ތިމާވެށި

ފަރުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލު ވުމެއް ބާއްވައިފި

ފަރުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން އޯޝަންސް ޔުނައިޓްގެ މެނޭޖިންގް ޑިރެކްޓަރު ކެރެން ސެކް ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މި ބޭފުޅުން ވަނީ ސައިންސާއި އާ އީޖާދުތަކުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ހިންގޭނެ ޕްރޮޖެކްޓް ތަކާއި ޑެމޭޖިންގް ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސްއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކެރެން ސެކް ތަމްސީލު ކުރާ އޯޝަންސް ޔުނައިޓެޑަކީ ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމުގެ ގޮތުން ހިންގާ އެންޖީއޯ އެކެވެ.