ޚަބަރު

އަންހެނަކަށް ޖިންސީގޯނާކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

އަލީ ޔާމިން

އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ހދ. އަތޮޅުގެ ރަށެއްގައި 21 އަހަރުގެ ޒުވާން އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހު 29ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް އަންހެނުންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި ބްލެކްމެއިލްގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.