މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިއަދުން ފެށިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަގު ބޮޑުވާނީ މިރޭ 12:00 އިން ފެށިގެންނެވެ.
ޓްރާންސްޕޯޓުން ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށްފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގުބޮޑުކުރުމުން މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޑްރައިވަރުން މިދިއަ މަހުގެ 30 ވަނަ މަޝްވަރާކޮށްފައި ވަނިކޮށެވެ.