މުހައްމަދު ޖަމްޝަތް ވަހީދު
ބޮޑު އީދު ބަންދުގެ ކުރިން ބޭންކިންގެ މުހިންމު ހިދުމަތްތައް މި ހަފުތާގައި ނިންމުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްއޭ އިންް ނިންމާފައިވާ ގޮތަށް ކުރިއަށް އޮތް ބޮޑު އީދު ބަންދާ ގުޅިގެން 10 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށްް ބޭންކު ބަންދުވާނެ ކަމަށާއި ބަންދަށް ފަހު ބޭންކު އަލުން ހުޅުވާނީ ޖުލައި 17 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް އީދު ޗުއްޓީ ތެރޭގައި އެ ބޭންކު ބަންދުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ސެލްފްް ސާވިސްް ބޭންކިން ސެންޓަރުތައް މެދުވެރިކޮށްް 24 ގަޑިއިރު ލިބޭ، ފައިސާ ޖަމާކުރުމާއި ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތަށް ބަދަލެއް ނާންނާނެ ކަމަށް ބޭންކުން ބުންޏެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތަށްވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
ބޭންކުން ވަނީ، ބަންދު ދުވަސްތަކުގައި ބޭންކިން ހިދުމަތްތަކަށް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިން ބޭނުން ކުރުމަށާއި ބޭންކު ބަންދުވުމުގެ ކުރިން ހިދުމަތް ހޯދުމުގައި ދަތިނުވާނެހެން ހިދުމަތްތަކަށް އެދި ހުށަހެޅުމަށް އެދިފައެވެ.