ޚަބަރު

ބީދޭސީންތަކަކަށް ވަޅިން ބިރުދެއްކުމަށްފަހު ފައިސާއާއި ތިން ފޯނު ފޭރިގެންފި

މަރިޔަމް ޝަހުދާ

ބީދޭސީންތަކަކަށް ވަޅިން ބިރުދެއްކުމަށްފަހު ފައިސާ ތަކަކާއި ތިން ފޯނު ފޭރިގެންފި އެވެ.

މިފައިސާ އާއި ފޯނުތައް ފޭރިގެންފައިވަނީ ހަތަރު މީހަކު ބިދޭސީން އުޅޭ ގެއަކަށް ވަދެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މިމީހުން ވަދެފައިވަނީ ގަލޮޅު ގެއެއްގައި ތިން ބިދޭސީން އުޅޭ ބަޔަކަށެވެ. ރޭ 3:30ހާއިރު ހިންގި މި ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ތިން ބިދޭސީންގެ އަތުން ފޭރިގަނެފައިވަނީ 6606 ރުފިޔާއެވެ. ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.