ޚަބަރު

މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

މަރިޔަމް ޝަހުދާ

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވޯޓު ކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 10ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓު ކަރުދާސް ޗާޕުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށާއި، އެދުވަހުގެ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހު 10ވަނަ ދުވަހުގެ 14:00އާ ހަމައަށް ކަމަށްވެސް ވެސް އިއުލާންގައި ބުނެފައިވެ އެވެ.

އަދި ބީލަން ހުޅުވުން އޮންނާނީވެސް ހަމަ، މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގައި ކަމަށްވެސް ހުނެފައިވެ އެވެ.

ހޯމަ ދުވަހު ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް އިން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،589 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ، އަންނަ އޭޕްރީލްމަހުގެ 6ވަނަ ދުވަހުއެވެ.