ޚަބަރު

ސަރުކާރުން އެހީތެރިވެދޭންވީ އާއިލާއަށް: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ތަރައްގީގެ ނާރެހަކީ އާއިލާ ކަމަށާއި، ސަރުކާރުން އެހީތެރިވެދޭންވީ އާއިލާއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި 2008 ވަނަ އަހަރުންފެށިގެން ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވެމުން ދާކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިތިބި ހިސާބުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމެއް ހޯދައިދިނުމަށް ދެން މަސައްކަތް ކުރާނަމަ، އެމްޑީޕީއަށް އެނގި ސާފުވަނީ ސަރުކާރުން އެހީތެރިވެދޭންވީ އާއިލާޔަށޭ، ތަރައްގީގެ ނާރެސް އަކީ އާއިލާއެއް، ގެއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ދެވަނަ ފަހަކަށް އެމްޑީޕީ ވެރިކަމަށް އައުން ކަމަށެވެ.

އަދި އެޖެންޑާ 19 މެދުވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ރަނުން ރަނަށް ފުއްދަވައި ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.