އަލީ ޔާމިން
ދިރުވާލައިގެން 240 ބުލެޓް މަސްތުވާތަކެތި ރާއްޖެ ގެނައި ދެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ތިބީ ނޮދަން އަޔަލޭންޑަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
އޭގެ ތެރެއިން ކޮންމެ މީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 120 ބުލެޓުގެ މަސްތުވާތަކެތި ހުރި އިރު، އެ ދެ މީހުން އައިޖީއެމްއެޗްގައި ބާއްވައިގެން މިހާތަނަށް ބޭރު ކުރެވުނީ އެކަކުގެ ބަނޑުން 12 އަދި އަނެކަކުގެ ބަނޑުން 13 ބުލެޓު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާތީ، ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖެހީ އެމީހުންގެ ޣައިރު ހާޒިރުގައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، ދެ މީހުން މަސްތުވާތަކެތި ބޭރުކޮށް ނިމި ހޮސްޕިޓަލުން ދޫކޮށްލުމުން އެ ދެމީހުންވެސް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަންގައިފައެވެ.