ޚަބަރު

ކުޑަ ކުއްޖަކާއެކު 20 ދިވެހިންނާއި ބިދޭސީއެއް ހިމެނޭ މަސްތުވާ ތަކެތީގެ ނެޓްވޯކެއް އަތުލައިގަނެފި

މަރިޔަމް ޝަހުދާ

ކުޑަ ކުއްޖަކާއެކު 20 ދިވެހިން ހިމެނޭ މަސްތުވާ ތަކެތީގެ ނެޓްވޯކެއް ފުލުހުން އަތުލައިގަނެފިއެވެ.

މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލާފާސް ކުރުމުގެ ތެރެއިންނެވެ.

ފުލުހުން، އެ ގެ ބަލައި ފާސްކޮށްފައި ވަނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

އެ ގޭގެ ތެރެއިން ފުލުހުން، އެ މީހުން ހައްޔަރުކޮށްފައި ވަނީ 38 ރަބަރު ޕެކެޓާއެކުގަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކުޑަ ކުއްޖަކާއެކު ހައްޔަރު ކުރި 20 ދިވެހިންގެ އިތުރުން ބިދޭސީއަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.