މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސެޓްލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:30 އިން 7:30 އާ ދެމެދު ދިހަ މިނިޓަށް ކަމަށެވެ.
މާދަމާ ކަރަންޓު ކަނޑަން ނިންމީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑުގައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކަނޑާލަން ޖެހުމުން އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހައި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.