ޚަބަރު

މާބަނޑު އަންހެނަކު މަގު ހުރަސްކުރަނިކޮށް، ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސްކުރަނިކޮށް، ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެއްޖެއެވެ.

ރ. ކަނދޮޅުދުއަށް ނިސްބަތްވާ އެ އަންހެން މީހާއަށް އަނިޔާވެގެން ފަރުވާއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ އިން ބުނީ އެކްސިޑެންޓެއްގައި އަނިޔާވެގެން 31 އަހަރުގެ މާބަނޑު އަންހެނެއް މިރޭ ގެނެސްފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އާސަންދަ އިން ބުންޏެވެ.