ތިރީސް ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވާ އިރު ބޭނުންކުރާ ހެލްމެޓުގައި ހުންނަން ޖެހޭ ޝަރުތުތައް އާންމުކޮށްފިއެވެ.
އެ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވާ އިރު ބޭނުންކުރާ ހެލްމެޓުގައި ހުންނަން ޖެހޭ ޝަރުތުތައް އާންމުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ އެއްވަނަ އިސްލާހުގައެވެ. އެ ގަވާއިދަށް މިމަހުގެ ދިހަވަނަ ދުވަހު އަމުލުކުރަން ފެށި ނަމަވެސް، ފިޔަވަޅު އަޅަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.
ހެލްމެޓުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭ1 އާއި އޭ0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު ދުއްވާ އިރު ބޭނުންކުރުމަށް ހާއްސަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރުވާ ހެލްމެޓަކަށް އެ ހެލްމެޓު ވާން ޖެހެއެވެ. ހެލްމެޓު ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ހާއްސަ ކަމަރެއް ހުރުކޮށްފައިވާ ހެލްމެޓަކަށް ވެސް ވާން ޖެހެއެވެ.
ހެލްމެޓު ހަރުކުރުމަށް ދަތްދޮޅި ދަށުން ލައިފައިވާ ކަމަރަކީ އެކަތިގަނޑަކަށް (ސިންގަލް ޔުނިޓަކަށް) ހުންނަ ކަމަރަކަށް ވުމާއެކު އެ ހެލްމެޓުގައި އަދި އެ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ނުވަތަ އެހެންވެސް އެއްޗެއް ހަރުކޮށްފައި ނެތުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރުން ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައި ނުވާ ހެލްމެޓަކަށް ވުމާއެކު، ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކްރީނަކީ މޫނު ފެންނަ ފަދަ މަޓީރިއަލެއް ހުރި ހެލްމެޓަކަށް ވުމާއި ހެލްމެޓުގެ ކުލައަކީ އެ ހެލްމެޓެއްގައި ލާފައިވާ މައިގަނޑު ކުލައިގެ 90 އިންސައްތަ ހުރި އަދި ލޮލަށް އުނދަގޫ ނުވާނެ ފަދަ ކުލައަކަށް ވާން ޖެހެއެވެ.
ފެކްޓަރީން ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޯލްވެންޓެއް ހެލްމެޓުގައި ލައިފައި ނުވުމާއި ހެލްމެޓު އެޅުމުގެ ސަބަބުން ހެލްމެޓް ބޭނުންކުރާ ފަރާތަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭގޮތަށް ނުވަތަ އޮޅޭގޮތަށް ހެލްމެޓް އަޅާފައިވާ ފަރާތުގެ މޫނު ނުވަތަ މޫނުގެ ބައެއް ނުފޮރުވޭ ހެލްމެޓެއް ކަމުގައި ވުމާއި ހެލްމެޓު އެޅުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތެން ވާނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގައި ބޭނުންކުރާ ހެލްމެޓް އެޅުމުގައި ގަބޫލުކުރެވޭނެ މިންގަނޑުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އެ މިންގަނޑުތަކަކީ،