ޚަބަރު

ބަނޑޮހުގެ ގޮނޑުދޮށް ހިމާޔަތްކުރަން ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި

މުހައްމަދު ޖަމްޝަތް ވަހީދު

ބަނޑޮސް އައިލެންޑް ރިސޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ބަނޑޮހުގެ ހުޅަނގު-އިރުމަތީ ކޮޅުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ބަނޑޮސްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޯކިޑް ހޮލްޑިން ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީއަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ އުމްރާނީ މަޝްރޫއުތައް ވެސް ހިންގާ ކުންފުންޏެކެވެ.