ހެލްމެޓް އަޅަން މަޖުބޫރު ކުރާ ސަރަހައްދުތަކުގައި ހެލްމެޓް ނާޅާ ނަމަ، ފިޔަވަޅު އެޅުން އަންނަ އޭޕްރީލް މަހަށް ފަސްކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވެފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރުކޮށް، ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ އެއްވަނަ އިސްލާހުގައިވާ ގޮތުން ފިޔަވަޅު އަޅަން ފަށާ ތާރީހު ވަނީ ފަސްކޮށްފައެވެ.
އެ ގަވާއިދަށް މިމަހުގެ ދިހަވަނަ ދުވަހު އަމުލުކުރަން ފެށި ނަމަވެސް، ފިޔަވަޅު އަޅަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.
އެ ގަވާއިދުގައިވާ ގޮތުން 30 ކިލޯ މީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެންނެވެ. އޭ1 އަދި އޭ0 ކެޓަގަރީގައި ރަޖިސްޓަރީ ކޮށްފައިވާ އެ އުޅަނދުތައް ދުއްވާ މީހުންނާއި ފަހަރުގައި އިން މީހާ ވެސް އިންނަން ވާނީ ހެލްމެޓް އަޅައިގެން ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ކެޓަގަރީގެ އުޅަނދުތައް ދުއްވާ މީހާ ދެ އަހަރުން މަތީގެ ކުޑަކުއްޖަކު، ދުއްވާ މީހާގެ ކައިރީގައި ނުވަތަ ފަހަތުގައި ބައިންދާ ނަމަ، އެ ކުއްޖަކު އިންނަން ވާނީ ހެލްމެޓް އަޅައިގެންނެވެ އަދި މީހެއްގެ އެހީއަކާ ނުލައި އިށީނދެ ނުއިނދެވޭ ވަރުގެ ކުޑަކުދިން، ދެ މީހުންނަށް އެރޭގޮތަށް ހަދާފައި ހުންނަ ދެ ފުރޮޅުލީ އުޅަނދެއްގައި ގެންދަން ވާނީ ދުއްވާ މީހާއާއި ގެންދާ ކުއްޖާއާ އެކުގައި ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެ އަތާއި ދެފައި މިނިވަންކަމާއެކު ގުންގުޅެވޭ ގޮތަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
އެ ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ އުސޫލުތައް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ،