ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓުދޭންވީމާ އިއްތިހާދެއް ނުފެނުނު: ނަޝީދު

2

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނަށް ބާރުދޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވީމާ އިއްތިހާދު ނުފެނުނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުމެ ތިބެ، އިއްތިހާދުން ގަދައަޅާ ދައްކަމުންދިޔަ އެއް ވާހަކައަކީ ދިވެހިރާއްޖޭގެ މުއްސަނދިކަން ބީވެ މިދާ މިންވަރާއި ކޮރަޕްޝަންގެ ފަސާދަ ފެތުރިފައި މިވާ މިންވަރު ކަމަށެވެ.

"އިންތިހާބަށް ފަހުގައި ބިލު މަޖިލީހަށް އައީމާ، ހަމަ އެ އިއްތިހާދުގައި އަޅުގަނޑުމެންނާ ބައިވެރިވި ބޭފުޅުން ބިލަކަށް ވޯޓެއް ނުދެއްވާ. ދެން އަޅުގަނޑުމެން އެނބުރި ބަލައިލާ އިރުގައި އެބޭފުޅުންނާއި އެބޭފުޅުންނާ ނަގޫ ގޮއްޖެހިފައި. އެ އިންތިހާބެއް، އެ އިއްތިހާދެއް އަޅުގަނޑުމެންނަކަށް ނުފެނުނު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުވާން ޖެހޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟