ޚަބަރު

އަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރަން މާދަމާ ރޭ ހަވާ އަރުވަނީ

އަހުމަދު ޖައިޝަން

ގައުމީ ދިފާއީ ބާރުގެ އަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ ހަވާ އެރުވުމުގެ ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ އަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރު ފާހަގަކުރުމަށް މާދަމާއަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައި ކަމަށެވެ.

މާދަމާ ރޭ 2015 ގައި ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސް ބިން ސަރަހައްދުގައި ބަޑިބޭހުގެ ހާއްސަ ކުޅިވަރެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ މާދަމާ ހަވީރު ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވެގެން ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ޖުމްލަ 65 އަންހެން ސިފައިންނާއެކު އަންހެން ސިފައިންގެ ހިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިފައިވަނީ އެކެއް މާޗު 1989 ވަނަ އަހަރުގައެވެ.