ޚަބަރު

ދިރާގު ފައިބާ އިންޓަނެޓްގެ ހިދުމަތް ފެހެންދުއަށް

މުހައްމަދު އިޝާން

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ބ. ފެހެންދުއަށް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ، އެ ހިދުމަތް ފެހެންދުއަށް ތައާރަފުކޮށްފައި ވަނީ ހާއްސަ އޮފާތަކާއެކުގައި ކަމަށެވެ. އެގޮތުން ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ، އޯއެންޓީ ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ފެހެންދޫ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ފައިބަރު ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބަރު ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް އެ ހިދުމަތް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، މީގެ ތެރޭގައި 85 ރަށެއް ހިމެނެއެވެ.