ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެއްފަހަރާ 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަންނަ އާދީއްތަ ދުވަހު ހަތަރު ޓީބިލެއް ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީބިލްތަކުގެ ޖުމުލަ އަގަކީ 1.9 ބިލިއަން ރުފިޔާއެވެ.
ވިއްކަން ނިންމާފައިވާ ޓީބިލްތަކުގެ ތަފުސީލު:
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ސަރުކާރުން ވިއްކާ އަދި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމުލައަކީ 62.7 ބިލިއަން ރުފިޔާއެވެ.
އެގޮތުން އެތެރޭގެ މާކެޓަށް ވިއްކާފައިވާ ޓީބިލްތަކުގެ އަދަދަކީ 52.6 ބިލިއަން ރުފިޔާއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކޫކުގެ ގޮތުގައި 10.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ.
ވިއްކާފައިވާ ޓީބިލްތަކުގެ ތެރެއިން އެއް މަސްތެރޭ ދައްކަންޖެހޭ 2.1 ބިލިއަން ރުފިޔާއާއި ތިން މަސްތެރޭ ދައްކަންޖެހޭ 2.9 ބިލިއަން ރުފިޔާއާއި ހަ މަސް ތެރޭ ދައްކަންޖެހޭ 3.4 ބިލިއަން ރުފިޔާ އަދި އެއް އަހަރު ތެރޭ ދައްކަންޖެހޭ 24.5 ބިލިއަން ރުފިޔާ ހިމެނެއެވެ.
މިދިޔަ ހަފުތާގައިވެސް ފިނޭންސް މިނިސްޓްރީން 1.4 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ. އޭގެ ތެރޭގައި އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ 409 މިލިއަން ރުފިޔާއާއި ތިން މަހުން އަނބުރާ ދައްކަން ޖެހޭ 344 މިލިއަން ރުފިޔާއާއި ހަ މަހުން ދައްކަން ޖެހޭ 155 މިލިއަން ރުފިޔާ އަދި އެއް އަހަރުން ދައްކަން ޖެހޭ 528.6 މިލިއަން ރުފިޔާ ހިމެނެއެވެ.
ޓީބިލް ވިއްކުމަށް ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.