ޚަބަރު

ކުރެއްދޫ ކައިރިއަށް ޑައިވިިންކުރަންގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ގއ. ކުރެއްދޫ ކަނޑު އޮޅިއަށް ޑައިވިިންކުރަންގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީއަކުން ކުރެއްދޫ ކަނޑު އޮޅިއަށް ޑައިވިންއަށްގޮސް އުޅުނު ޗައިނާގެ އެ ފަތުރުވެރިޔާ މަރުވީ، ހާލު ދެރަވެގެން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އެއީ 50 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށާއި އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު 12:05 އެހާކަންހާއިރު ކަމަށެވެ.