އިބްރާހިމް ޒަކީ
ސައްބީސް ބްލެޓްގެ މަސްތުވާތަކެތި ދިރުވާލައިގައި ރާއްޖެ އެތެރެކުރި މީހާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
ތުރުކީއަށް ނިސްބަތްވާ އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ޖަހާފައިވާއިރު، އޭނާ ބަންދު ކުރި ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއަކީ ސްރީ ލަންކާއިން ވައިގެ މަގުން ރާއްޖެ އައި މީހެއް ކަމަށެވެ.
އޭނާއާމެދު ޝައްކު ކުރެވިގެން އޭނާގެ ހަށިގަނޑު ޗެކްކުރުމަށް ފުލުހުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީޒް ހުރިކަމަށް ދެއްކި ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނިކޮށް ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ހުރި 28 ބްލެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ތަހުގީގުގައި އޭނާ ބުނެފައިވަނީ، އެއީ ބަޔަކު އޭނާއަށް ބިރު ދައްކައިގެން ކުރުވި ކަމެއް ކަމަށެވެ.
ކޯޓުން އޭނާ ބަންދު ކޮށްފައި ބަހައްޓަން އަމުރު ކޮށްފައިވަނީ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އޭނާގެ މައްޗަށް ހެކި ގަރީނާ ހުށަހެޅިފައިވާތީއާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކަމަށް އަމުރުގައިވެއެވެ.