މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ބަހަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ އެމްޕީއެލްގެ ބަހެެއް ދެ ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:29 ހާއިރު ކަމަށާއި އެ އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެެއް ލިބިފައިނުވާ ކަމަށެވެ.