ތާރީޚު

ދިވެހި ބަހާއި ތާރީހަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ 11 ބޭފުޅެއްގެ އަގުވަޒަންކޮށްފި

އަހުމަދު ޖައިޝަން

ދިވެހި ބަހާއި ތާރީހަށް އެކި ރޮނގުން ތަފާތު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިން 11 ބޭފުޅެއްގެ އަގުވަޒަންކޮށްފިއެވެ.

ގައުމީ ތާރީހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވަނީ ދިވެހި ބަހުގެ އެކެޑަމީން ދޭ އަގުވަޒަންކުރުމުގެ ފިލާ 11 ބޭފުޅަކަށް އަރުވައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި 11 ބޭފުޅަކަށް އެ ފިލާ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އަގުވަޒަންކުރުމުގެ އެވޯޑު ދިނުމުގައި ބަލާފައިވާ މިންގަނޑުތަކަކީ ނޫސް މަޖައްލާތަކުގައި ދިވެހި ބަހާއި ތާރީހު ކުރިއެރުވުމުގެ ގޮތުން ދިރާސާކޮށްފައިވާ ލިޔުންތަކުގެ ތެރެއިން މަދުވެގެން ފަސް ލިޔުން ޝާއިއުކޮށްފައިވާ ބޭފުޅުންނަށެވެ.

އަދި އޭގެ އިތުރުން ދިވެހި ބަހާއި ތާރީހާ ގުޅޭ ފޮތް ލިޔުއްވާފައިވާ ބޭފުޅުންނަށް ވެސް ވަނީ އެ ފިލާ އަރުވައިފައެވެ. އަދި ދިވެހި ތާރީހު ކިޔަވައިދެއްވުމުގައި 10 އަހަރު ހޭދަކޮށްފައިވާ ބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑުވެސް ވަނީ ދީފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ދޭ އަގުވަޒަންކުރުމުގެ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުން:

  • ޑރ. ރަޝީދާ މުހައްމަދު ދީދީ
  • އަބްދުﷲ ހިލްމީ
  • އިމާދު ލަތީފް
  • މުހައްމަދު ދީދީ
  • އަހްމަދު އަލާ
  • ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު
  • ވޮރަންޓް އޮފިސަރ 1 ހުސައިން ސޮލާހް ޔޫސުފް
  • އިޔާޒް ޖާދުﷲ ނަސީމް
  • އާދަމް ހަލީމް
  • އާމިނަތު ޒާހިރު
  • ތޯހާ އަބޫބަކުރު