ޚަބަރު

އިންޑިއާއި ޕާކިސްތާނާ ދެމެދު ހިނގާ ހަމަނުޖެހުން ރާއްޖެއިން ކުށްވެރިކޮށްފި

އަހުމަދު ޖައިޝަން

1

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދެ ގައުމުން ފޯރުކުރާ އަސްކަރީ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ އަސްކަރީ ޖެޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވަނީ މިއަދެވެ. އަދި އޭގެ އިތުރުން ހެލިކޮޕްޓަރެއްވެސް ވަނީ ވައްޓާލައިފައެވެ. އެކަމާ ގުޅިގެން މަރުވި މީހުންގެ އަދަދު ހަޔަކަށް އަރާ ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމްގެ ކޮންމެ ކަހަލަ އަމަލެއް ހިންގި ނަމަވެސް އެކަން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާނެ ކަމަށެވެ.

އަދި ކްރޮސް ބޯޑާރ ޓެރަރިޒަމްގެ އަމަލުތައްވެސް ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދެގައުމުގެ ދެމެދުގައި ހަމަޖެހުމާއި ހަމަހަމަކަމާއި ރައްކާތެރިކަމާއެކު މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟