ޚަބަރު

ނައިބު ރައީސް ކާށިދުއަށް ޒިޔާރަތްކުރައްވައި، އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ނައިބު ރައީސް ފައިސަލް ނަސީމް، ކ. އަތޮޅު ކާށިދޫ މިއަދު ޒިޔާރަތްކުރައްވައި އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ކާށިދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރަށުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މައުލޫމާތު ނައިބު ރައީސް ފައިސަލް ވަނީ އޮޅުންފިލުއްވައިފައެވެ.

އެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ބެއްލެވުން ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި އެރަށުގައި އަދިވެސް ބައެއް އަސާސީ ހިދުމަތްތައް ފުރިހަމަވެފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ސްކޫލާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށުގެ އިގްތިޞާދު ފުޅާކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ބާރު ދުވެއްޔެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.