މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ޖަލުތަކުގައި އުރީދޫ ސްމާޓް ކެމްޕަސް ފެށުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ޖަލުތަކުގައި އުރީދޫ ސްމާޓް ކެމްޕަސް ފެށުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އުރީދޫއާ އެކު މަޝްވަރާކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެބައްދަލުވުން އޮތީ މިއަދު ހޯމް މިނިސްޓްރީގައެވެ.

ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ. ނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.