އެސްޓްރަބޮން އިން ބަދިގޭގައި ބޭނުންކުރާ ސާމާނުތަކަށް ހާއްސަކޮށްގެން އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ. މިއީ އެ ކުންފުނިން ބާއްވާ ފުރަތަމަ އެކްސްޕޯއެވެ.
އެސްޓްރަބޮން އިން ބުނީ، އެ އެކްސްޕޯއަކީ ރިސޯޓްތަކުގެ ސާމާނާއި ފުޑް އެންޑް ބެވަރޭޖަސް ޕްރޮޑަކްޓްތަކުގެ 360 ޑިގްރީ ވިއުގައެއް ފޯރުކޮށްދޭ ޕްރޮޑަކްޓް ޓްރޭޑް އެގްޒިބިޝަނެއް ކަމަށެވެ.
އެކްސްޕޯގައި އެ ކުންފުނީގެ މަޝްހޫރު ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ މޮޅު ކަލެކްޝަންގެ އުފެއްދުންތައް ދައްކާލައި މަތީ ފެންވަރުގެ ފައިނަރީ ފަދަ ބަދިގެ ސާމާނާއި އެފް އެންޑްބީއާ ގުޅުންހުރި ސާމާނާއި ދޮންނަ ސާމާނާއި ގޭތެރޭގެ ސާމާނު ފަދަ ގިނަ އުފެއްދުންތަކެއް އެކްސްޕޯއިން ފެންނާނެ ކަމަށްވެސް ބުންޏެވެ.
އެ އެކްސްޕޯ ބާއްވާނީ ފްލެގްޝިޕް އިވެންޓެއްގެ ގޮތުގައި ކަމަށާއި އުންމީދު ކުރަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހޮސްޕިޓަލިޓީ ޓްރޭޑް އިވެންޓަކަށް އެ އެކްސްޕޯވުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެކްސްޕޯގެ މަގުސަދަކީ ހާސް ހޮސްޕިޓަލިޓީ ޕްރޮފެޝަނަލުންނަށް އެ ދާއިރާއަށް ބޭނުންވާ މުދާ އެއް ޕްލެޓްފޯމަކުން ލިބިގެންދާނެ ގޮތެއް ހަމަޖެއްސުން ކަމަށް ވެސް އެސްޓްރަބަން އިން ބުންޏެވެ.
އެސްޓްރަބަން އިން ބުނީ، އެކްސްޕޯ އޮންނަނީ މިމަހު ހަތް ވަނަ ދުވަހުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެންހަޓަން ބިޒްނަސް ހޮޓެލުގައި ކަމަށެވެ.