ހއ.ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން އަންނަ އޭޕްރީލްމަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަނުން ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހު 13 ގައި ބޭއްވުމަށް ނިންމާފައިމިވަނީ އެ ކައުންސިލްގެ ދެ މެމްބަރެއް އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާނެކަމަށެވެ.
އަދި ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތި ލުމުގެ އެންމެ ފަހު ދުވަހަކަށް ކަނޑައަޅާފައި ވަނީ 12 މާޗް ކަމަށް އަކުރަމް ވިދާޅުވިއެވެ.
ފިއްލަދޫ ކައުންސިލްގެ ދެ މެމްބަރެއް އިސްތިއުފާ ދެއްވާފައިވާއިރު، މިތަނުން އެއްމެމްބަރަކު އިސްތިއުފާ ދެއްވާފައިވަނީ ފާއިތުވި ޖެއުއަރީ މަހު 16ވަނަ ދުވަހުއެވެ.