އަބްދުﷲ ޚަލީލް

ކުރިއަރާފައިވާ ގައުމުތަކުގައި ރިޔާސީ ކޮމިޝަން ހަދަނީ ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ސާފުކުރަން: ޑރ. ޚަލީލު

ޝަހީދާ އަބްދުﷲ ސައީދު

1

ކުރިއަރާފައިވާ ގައުމުތަކުގައި ރިޔާސީ ކޮމިޝަން ހަދަނީ ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ސާފުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުގައި ރިޔާސީ ކޮމިޝަން ހަދަނީ ތަހުގީގު ކުރުމަށް ނޫން ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރުމަށްފަހު ފާހަގަވާ ކަންކަން ތަހުގީގު ކުރުމަށް ގުޅުންހުރި އިދާރާތަކަށް ފޮނުވަނީ ކަމަށް ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންގެ ބިލަކީ އެ އުސޫލާ ހިލާފު އަދި، ގާނޫނު އަސާސީއާ ވެސް ހިލާފު ބިލެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް އިދިކޮޅު މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟