އަލީ ޔާމިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ދައުވާ ލިބޭ މީހުން، ކަނޑުގަދަވުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވުމާ ގުޅިގެން މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
ބޮމުގެ ހަމަލާގެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަރެކްޝަންސްއަށް ދައުވާ ލިބޭ މީހުން މާލެއަށް ނުގެނެވުމުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ އަންނަ ހޮނިހިރު ދުވަހު އަޑުއެހުމެއް ތާވަލުކުރަން ކަމަށް ބުންޏެވެ.
އަޑުއެހުން ކެންސަލްވުމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ރައީސް ނަޝީދުގެ ވަކީލުން ތަމްސީލުކުރާ ލޯ ފާމް، ލިޓިގަންޓްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މޫސުން ގޯސް ކަމަށް ބުނެ ތުހުމަތުވާ މީހުން ކޯޓަށް ހާޒިރުނުކުރީ، ހޯމް މިނިސްޓްރީއާ ކަރެކްޝްންސްގެ ފަރުވާކުޑަ ކަމުން ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަނެއް އަށް މީހުންނަކީ: