އިބްރާހިމް ޒަކީ
އިންތިހާބު ތަކުގައި ވޯޓް ލުމަށް ބޭނުންކުރާ ވޯޓް ކަރުދާހުގައި ޖަހަން ޖެހޭ ފާހަގައިގެ އިތުރުން އެހެން އެއްވެސް ކުރެހުމެއް ކުރަހައި، ލިޔެ ހަދައިފިނަމަ އެ ވޯޓެއް ބާތިލްވާގޮތަށް އިންތިހާބާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި އެވެ.
ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ޕީޕީއެމްގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ ޖަލްސާގައި އެވަގުތު ތިއްބެވި 70 މެންބަރުންގެ ތެރެއިން 61 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލު ބަލައި ގަތުމަށްފަހު އިތުރަށް ދިރާސާކުރުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވައިފައެވެ.
ވަގުތީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެންބަރު: