ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ.
އަދި އެ ނުރަސްމީ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.