ޚަބަރު

ދެ ރައީސުންގެ ލީޑާޝިޕްގެ ސަބަބުން އެމްޑީޕީ އެދަނީ ރޫޅެމުން: މޫސަ

އިބްރާހިމް ޒަކީ

ދެ ލީޑާ ޝީޕްގެ ސަބަބުން ފެނިގެން މިދަނީ އެމްޑީޕި ރޫޅިގެންދާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިންތިހާބުތަކާބެހޭ ގާނޫނަށް ހުށަހަޅާފައިވާއިސްލާހަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީގައި މިހާރު ދެ ރައީސުން އެބަ ތިއްބެވި ކަމަށެވެ.

"އަޅުގަނޑު މީގެ ކުރިންއެޕާޓިއަކަށް މަސައްކަތްކުރި އެމްޑީޕީ ނަމަކަށްކިޔާ ޕާޓީގައި މިހާރު އެބައޮވޭ ދެ ލީޑާޝިޕް އޭގެސަބަބުން މުޅިއެމްޑީޕީ ފުނޑުފުނޑުވަމުން ދާތަން މަޖިލީހުގެ ތެރެއިން ފެންނަމުން އެބަދޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ރައްޔިތުންނަށް ވަރަށްބޮޑެތި ދޮގުހަދައި ރައްޔިތުންގެ ކައިރީގައި، ޖަޒީރާވަންތަ ރާއްޖެއެއްކަމަށްކިޔައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައިބައިވުން އުފެދި ބަދަހި ގުޅުންތައް ނެތްކަމަށެވެ.

"މިހާރު އެބައޮތް ދެ ލީޑާޝިޕް އޭގެމާނަ ފެންނަމުން މިދަނީ، އެތާނގަ އެބަހުރި ދެ ރައީސުން ،އެކަކު އިންނަނީ ރައީސް އޮފީހުގައި އަނެކަކު ވީތަނެއް ނޭނގެ،" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ، " އެމްޑީޕީގެ އަސާސީ ގަވާއިދުގަ އޮންނާނެ ރައީސްކަމަށް ވެރިއަކު އައުމަށްފަހުގައި އެމްޑީޕީގެ އެންމެ އިސްވެރިފަރާތަކީ، ރައީސުލްޖުމްހޫރިއްޔާއޭ، އެކަމަކު ރައީސުލްޖުމްހޫރިއްޔާ އިންގޮތަށް ބައިންދާފަ، ޕާޓީގެ އެހެން ރައީސަކު މަސައްކަތް ކުރަމުން އެގެންދަނީ،" ކަމަށެވެ.