ކުޑަ ބިންކޮޅެއްގައި އާ ޓެކްނޮލިޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ތަމްރީން ޕްރޮގްރާމް ހިންގުމުގެ ސިޔާސަތުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދިނުމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މިއަހަރު ފެށުމަށް ނިންމައިފި އެވެ.
ހައިޑްރޮޕޯނިކްސް ނިޒާމަކީ ފެނުގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމް ހިންގަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅާނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.
އަދި އެ ނިޒާމު ގާއިމުކޮށްދޭނީ އެކަމަށް އެދި ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ އިއުލާނުގައި އެ ހިންގާނެ ރަށެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް ވަނީ ހިމަނާފައެވެ. އެއީ: