ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ޝަކީލް ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަކީލް އެ މަގާމަށް ހަމަޖައްސާފައިވަނީ ޕީޕީއެމް ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ކަމަށެވެ.
ޝަކީލް އެ މަގާމަށް ހަމަޖައްސާފައިވާއިރު އޭނާ އަކީ މީގެކުރީން އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ މަގާމުގައި ހުންނަވާފައިވާ ބޭފުޅެކެވެ.
އޭގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަކީލް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.
ޕީޕީއެމްގައި ޝަކީލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވީ އަބްދުލް މަތީން މުހައްމަދެވެ.