ޚަބަރު

ބޯކޮށް ވާރޭ ވެހި ގަމުގެ ގޭގެއަށް ފެން ވަންނަނީ

މަރިޔަމް ޝަހުދާ

ލ އަތޮޅަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލ. ގަމުގައި ފެންބޮޑުވެ އެރަށުގެ ބައެއް ގޭގެއަށް ފެން ވަންނަމުން އެބަދެ އެވެ.

ފުލުހުން ބުނިގޮތުގައި ގަމުގެ 10 ގެއަކަށް ފެންވަދެފައިވާ ކަމަށް ފުލުހުންނަށް މިހާތަނަށް ރިޕޯޓު ކޮށްފައިވެއެވެ. ފުލުހުން ބުނިގޮތުގައި ލ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރުމުގެ އިތުރުން ވެލިބަސްތާ ޖެހުމާއި، ފެނުގައި ހުރި ތަކެތި ހިކި ތަންތަނަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު މެޓް އޮފީހުން ވަނީ މީމު އަތޮޅުން ފެށިން ލާމު އަތޮޅާ ހަމައަށް ވައިގަދަވެ ވިއްސާރަވާނެކަމަށް ބުނެ ޔެލޯ އެލާޓް ވެސް ނެރެފައެވެ.