އިބްރާހިމް ޒަކީ
ތިރީސް ހަތް މެންބަރުން ތިއްބެވުމުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލް އަށް މިއަ ދުވެސް ވޯޓަކަށް ނޭހުނެވެ.
މިއީ މިބިލަށް ވޯޓަށް އަހަން އެޖެންޑާކުރި 3 ވަނަ ދުވަހެވެ.
އެ ބިލަށް ވޯޓަށް އެހޭ ގާނޫނީ އަދަދަކީ 43 އެވެ.
އެއީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް، ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މާއްދާގައި ބުނެފައިވާތީ އެވެ.
މިއީ ވޯޓަށް އެހުމަށް މިބިލު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި ތިންވަނަ ފަހަރެވެ.
ހުސްވި 2018 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ ފަހު ޖަލްސާގައި ވޯޓަށް އެހުމަށްވެސް މި ބިލު އެޖެންޑާ ކުރި އެވެ.
މީގެ އިތުރުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ބަހުސްތައް ފެށި އިއްޔެގެ ޖަލްސާ އާއި މިއަދުގެ ޖަލްސާގައި ވެސް، ވޯޓަށް އެހުމަށް ބިލު އެޖެންޑާގައި ހިމެނި އެވެ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި 37 މެންބަރުން ތިއްބެވިއިރު ވޯޓަށް އެހުމުގެ ވަގުތުގައި އިއްޔެގެ ޖަލްސާގައިވެސް ތިއްބެވީ 42 މެންބަރުންނެވެ.
ގާނޫނުން އެކަށީގެންވާ ބަރުތަކެއް މި ދެ ކޮމިޝަނަށް ލިބިފައި ނުވާތީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ބާރުމިނުގައި ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.
އެކަމުގެ ކަންބޮޑުވުން، މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދުވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ބިލުގައި، ހާޒިރުކުރަން ފެންނަ ކޮންމެ މީހަކު ހާޒިރު ކުރުމާއި، ކުރާ ސުވާލުތަކަށް ތެދުބަހުން ޖަވާބުދޭން އެންގުމާއި، ބޭނުންވާ ކޮންމެ ލިއުމެއް، އަދި ކޮންމެ ހެއްކެއް ހޯދުމުމުގެ ބާރު ވަނީ ކޮމިޝަންތަކަށް ލިބިދީފައެވެ. އަދި ތަހުގީގަށް ބޭނުންވާ ކޮންމެ އެއްޗެއް ހުށަހެޅުމަށް ކޮންމެ ފަރާތަކަށް އެންގުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިދީފައިވެ އެވެ.
އަދި މީހުން ހާޒިރު ކުރުމާއި ހެކި ހޯދުމުގެ ބާރުވެސް ކޮމިޝަންތަކަށް ވަނީ ދީފަ އެވެ.
ބިލުގައިވާގޮތުން އެ ދެ ކޮމިޝަނުންވެސް އަންގާ އެންގުމަކަށް ހާޒިރު ނުވުމާއި، ކޮމިޝަނުން ޖަވާބުދޭން އަންގާ ސުވާލުތަކަށް ޖަވާބު ނުދިނުމާއި، ކޮމިޝަނުން އަންގާ އެންގުމަކާ ހިލާފްވާމީހަކު އެކުރަނީ ކުށެކެވެ.
ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަންޖެހިއްޖެނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާފަދަ ހަގީގީ އިދާރާއެއްގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ
އެއްގޮތްވާގޮތުގެމަތިން ކޮމިޝަނަށް ބޭނުން ކުރެވޭނެއެވެ. އަދި މަދަނީ މައްސަލަތައް ބެލުމުގެ ބާރުވެސް ވަނީ ދީފައެވެ.