ޚަބަރު

ރާއްޖެއަށް ހިއުމަން ރައިޓްސް އެޑުވައިޒަރެއް ކަނޑައެޅުމަށް، އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރާއެކު މަޝްވަރާކޮށްފި

1

ހިއުމަން ރައިޓްސް އެޑުވައިޒަރަކު ރާއްޖެއަށް ކަނޑައެޅުމާ ގުޅޭގޮތުން، އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރާއެކު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ކަމާމެދު ރާއްޖޭގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވާފައިވަނީ، އެމަނިކުފާނު ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެން އދ.ގެ އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާގެ ރައީސް މިޗޭލް ބެޗެލޭއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ފޮރިން މިނިސްޓަރު އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރާ އެކު ބޭއްވި ބައްދަލުވުމުގައި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ، އިއްޔެ ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ހައިލެވެލް ސެގްމެންޓްގައި ބައިވެރިވުމަށްޓަކައި ކުރެއްވި ދަތުރު ފުޅެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟