ޚަބަރު

އީސީގެ މެންބަރު ކަމަށް ކުރިމަތިލި 16 ބޭފުޅުންގެނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ނަންފުޅުތަކާބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި 16 ނަންފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން ރިޔާސަތުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެ ނަން ފުޅުތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވީ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު، އިސްމާއީލު ހަބީބުގެ ދައުރު ހަމަވާތީ، ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެއްވި ފުރުސަތުގައި ހަބީބު ހިމެނިވަޑައިގަންނަވާ ގޮތަށް 16 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  • ޝުއެއިބު ޔޫސުފް ދަފްތަރު ނަމްބަރު 1896
  • އަބުﷲ ރާޒީ ޏ.ފުވައްމުލައް ކޯޒީ
  • އަހުމަދު އަދީމް މ.ރަބީއީގެ
  • އަހުމަދު އަލީ ސ.ހިތަދޫ ނޮވެމްބަރުގެ
  • އައިމިނަތު ސާދިޔާ މ.ޕިސްތާގެ
  • މަރިޔަމް ހަނީފާ ހާލިދު ހއ.ކެލާ އަނބުގަސްދޮށުގެ
  • އައިމިނަތު މަދީހާ ދަފްތަރު ނަމްބަރު 9456
  • އައިޝަތު ހަފީޒް ނ.ވެލިދޫ އާހިޔާ
  • އަލީ މުހައްމަދު މަނިކު ދަފްތަރު ނަމްބަރު 1851
  • ސުލްވާން އަހުމަދު ސ.މީދޫ ސެލީނާ
  • އިސްމާއިލް ސާޖިދު މއ.ވިލާރޮދި
  • މުހައްމަދު ޝާފިއު ބ.ތުޅާދޫ ޝަރުތު
  • މުހައްމަދު ޝައްމޫން މ.އަސަލް
  • ޔާސިރު ވަސީމު ސ.ހުޅުދޫ ވެސްޓް ލައިޓް
  • އަހުމަދު މޫސާ ހ.އަމްސާވިލާ
  • އިސްމާއިލް ހަބީބު ހ.ނީޓް