ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލަންދޫއިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޖައިޝަން

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޒާތުގެ ގިނަ އަދަދެއްގެ ޕެކެޓުތަކާއެކު ނ. ލަންދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 60 ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށެވެ.

އެތަކެތި ފެނިފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާއަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ހުރި މީހެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.