ޚަބަރު

އާ ވެރިކަމާއެކު ރާއްޖޭގެ ޑިމޮކްރަސީ އަންނަނީ ބަދަލުވަމުން : ފޮރިން މިނިސްޓަރު

އަހުމަދު ޖައިޝަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާއެކު ރާއްޖޭގެ ޑިމޮކްރަސީ އަންނަނީ ބަދަަލުވަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިއަދު މިހެން ވިދާޅުވީ ޖެނީވާގައި ކުރިއަށްދިޔަ ހިއުމަން ރައިޓްސް ކައުންސިލްގެ ހައި ލެވެލް ސެގްމެންޓްގެ 40 ވަނަ ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަނީ ހުދުމުހުތާރީ ވެރިކަމަކަށް ނޫނެކޭ ކިޔާފައި ކަމަށާއި އަދި ޑިމޮކްރަސީއަށް އާއެކޭ ކިޔާފައި ކަމަށެވެ.

"އޭގެ އިތުރުން ރައްޔިތުން ވަނީ އަސާސީ އިންސާނީ ހައްގުތަކާއި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އާނއެކޭ ކިޔާފައި،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިންސާނީ ހައްގުތައް ހޯދައި ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތްކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.