ޚަބަރު

މާލޭ ހުކުރު މިސްކިތުގައި ހުރި ދެ ސްޕީކަރެއް ވަގަށް ނަގައިފި

އަހުމަދު ޖައިޝަން

މާލޭ ހުކުރު މިސްކިތުގައި ބޭނުންކުރާ ސްޕީކަރުތަކުގެ ތެރެއިން ދެ ސްޕީކަރެއް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު "ވަން އޮންލައިން" އަށް ވިދާޅުވީ ސްޕީކަރުތަކެއް ވަގަށް ނެގިކަމުގެ މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:13 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އަދި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.