ޚަބަރު

މުދާ ރައްކާތެރިކުރުމަށް މީހުންގެ ފުރާނައަށް ގެއްލުންވާނެ ފަދަ ފިޔަވަޅުތައް ނޭޅުމަށް ފުލުހުން އިލްތިމާސްކޮށްފި

1

މުދާ ރައްކާތެރިކުރުމަށް މީހުންގެ ފުރާނައަށް ގެއްލުންވާނެ ފަދަ ފިޔަވަޅުތައް ނޭޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި އެކަމަށް އިލްތިމާސްކުރައްވާފައިވާ އިރު، ދާދި ފަހުން ގއ. ވިލިނގިލީގައި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ވަނީ މީހަކު މަރުވެފައެވެ. އެ ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫ، ހިޔާލީގެ، ހުސައިން ސިމާދެވެ.

ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވިލިނގިލީގައި ސިމާދު މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެންކަން ތަހުގީގަށް ހޯދިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.

މުދާ ރައްކާތެރިކުރުމަށް މީހުންގެ ފުރާނައަށް ގެއްލުންވާނެ ފަދަ ފިޔަވަޅުތައް ނޭޅުމަށް ފުލުހުން އިލްތިމާސްކުރާ ކަމަށާއި ހާއްސަކޮށް އެންގުމަކާ ނުލައި އެފަދަ ފިޔަވަޅުތައް ނޭޅުމަށް އިލްތިމާސްކުރާ ކަމަށް ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސިމާދު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 17 ވަނަ ދުވަހު ވިލިނގިލީ ހަރުގެއެއްގެ ތެރެއިންނެވެ. އެ ހަރުގެއަކީ ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟