އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ، އެމްބެސެޑަރު އެލައިސް ވެލްސް އާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ އިންތިޚާބީ ރައީސް މިއަދު ރާއްޖެ ވަޑައިގަތުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
އެމްބެސަޑަރު އެލައިސް ގެ މި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ބައެއް ޑިޕްލޮމޭޓުންނާ އެކު ބައްދަލުވުންތައް ބާއްވަވައިފަ އެވެ.