ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ޕްރިންސިޕަލުންގެ މުސާރަ 82 ޕަސެންޓާ ހަމައަށް މިއަދު ބޮޑުކޮށްފިއެވެ.
ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ މިއަދުން ފެށިގެން ބޮޑު ކުރެއްވިކަން ރައީސް ސޯލިހު މިއަދު އިއުލާން ކުރެއްވުމާއި ގުޅިގެން އެކަމުގެ ތަފުސީލުތައް ދިނުމަށް ރައީސް އޮފީހުގައި މިއަދު ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައިފައެވެ.
ރޭންކު ތިނެއްގައި އަދި އެއްވެސް ޕްރިންސިޕަލެއް ނެތެވެ. ނަމަވެސް އެ ރޭންކުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35،452 އެވެ. އެއީ ޕެންޝަނަށް ކެނޑުމުގެ ކުރިން ލިބޭނެ މުސާރައެވެ.
ޑިޕިއުޓީ ޕްރިންސިޕަލްގެ ކެޓަގަރީގައިވެސް ރޭންކު ތިނެއްގައި އަދި އެއްވެސް މީހަކު ނުހިމެނެއެވެ. ނަމަވެސް އެ ރޭންކުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 27،590 ރުފިޔާއެވެ. އެއީ ޕެންޝަނަށް ކެނޑުމުގެ ކުރިން ލިބޭނެ މުސާރައެވެ.