ޚަބަރު

"ވަން"ގެ އީދު ގިވްއަވޭ: އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ފިތުރު އީދާ ދިމާކޮށް, އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަން އޮންލައިނުން ހުޅުވާލައިފިއެވެ.

"ވަން"ގެ އީދު ގިވްއަވޭ, ކުރިއަށްގެންދަނީ ޗެޕްސް ރިސާވްޑް އާއި ލެޕާފިއުމް އަދި ބޭގްސް އެންޑް ޓޯޓްސް އެމްވީއާ ގުޅިގެންނެވެ. ގިވްއަވޭގެ ގޮތުގައި ޖުމުލަ 20,000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ގިވްއަވޭ ހޯދުމަށް ހަތަރު ކަމެއް ފުރިހަމަކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ ވަން އޮންލައިން ފޭސްބުކް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުމެވެ. އެއަށްފަހު ވަން އޮންލައިނާއި ޗެޕްސް ރިސާވްޑް, ލެޕާފިއުމް އޮންލައިން އަދި ބޭގްސް އެންޑް ޓޯޓްސް އެމްވީ ފޭސްބުކް ޕޭޖު ފޮލޯކުރަން ޖެހެއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ވަން އޮންލައިން ފޭސްބުކް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓު އަމިއްލަ ފޭސްބުކް ޓައިމްލައިނަށް ޝެއާކޮށް ވަން އޮންލައިނާއި ޗެޕްސް ރިސާވްޑް, ލެޕާފިއުމް އޮންލައިން އަދި ބޭގްސް އެންޑް ޓޯޓްސް އެމްވީ ފޭސްބުކް ޕޭޖު ޓެގްކުރަން ޖެހެއެވެ. އޭގެ އިތުރުން ޓައިމްލައިނަށް ޝެއާކުރާ ޕޯސްޓު އެންމެންނަށް ފެންނާނެ ގޮތަށް "ޕަބްލިކް" ކުރަން ޖެހެއެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި ވަން އޮންލައިން ފޭސްބުކް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓަށް ކޮމެންޓް ކުރަން ޖެހެއެވެ. ކޮމެންޓް ކުރާ އިރު, ދެ ޕެކޭޖުގެ ތެރެއިން ބޭނުންވާ ޕެކޭޖެއް ހިޔާރުކުރުމަށް ކޮމެންޓުގައި ލިޔަން ޖެހެއެވެ. އެއާއެކު ފަސް އެކުވެރިން ކޮމެންޓުގައި ޓެގް ކުރަން ޖެހެއެވެ. އިނާމު ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށް އެއަށްވުރެ ގިނަ އެކުވެރިން ވެސް ޓެގް ކުރެވިދާނެއެވެ. އަދި ޓެގްކުރާ އެކުވެރިން ވެސް ވަން އޮންލައިން ފޭސްބުކް ޕޭޖު ލައިކްކޮށް, ފޮލޯކުރަން ޖެހެއެވެ.

ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ޕެކޭޖުތައް ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮމެންޓުތަކުން އެންމެ ގިނަ ލައިކްސްއަށް ބަލައިގެންނެވެ. ކޮމެންޓުތަކަށް ލައިކް ދިނުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ގިވްއަވޭ ޕެކޭޖުތައް ލިބޭ ފަރާތްތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.

ވަންގެ އީދު ގިވްއަވޭ ޕޯސްޓް