އަޅުގަނޑުމެން ގުނަމުން މިދަނީ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކެވެ.
ރަމަޟާން މަހަކީ ކީރިތި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހިތްޕުޅަށް، ﷲ ސުބުހާނަހޫ ވަތައާލާ ކީރިތި ގުރުއާން ބާއްވައިލެއްވި މައްސަރެވެ. އަދި ރަމަޟާން މަހަކީ، އެ މައްސަރުގައި ލައިލަތުލްގަދުރި ވިލޭރޭ ހިމެނޭ މައްސަރެވެ. އެހެންކަމުން އެ މައްސަރަކީ އަހުލާގުގެ މައްސަރެވެ.
އާއިޝާ ރަލިޔަﷲ އަންހާ ވިދާޅުވަނީ، "ކީރިތި ގުރުއާނަކީ ނަބިއްޔާ ސައްލަﷲ އަލައިވަސައްލަމަގެ އަހުލާގު،" ކަމަށެވެ. އެހެންކަމުން މި ބަރަކާތްތެރި ރަމަޟާންމަހު ގިނަގިނައިން ކީރިތި ގުރުއާން ކިޔަވަން އެބަޖެހެއެވެ.
މިއީ އަޅުގަނޑުމެންގެ އަހުލާގު ރީތިކޮށްލަން ލިބޭ ވަަރަށް މާތް، ވަރަަށް މުހިންމު ފުރުސަތެކެވެ. އެެހެންކަމުން ކޮންމެ މީހަކުވެސް ވީހާވެސް ގިނައިން ކީރިތި ގުރުއާން ކިޔެވުން ގިނަ ކުރުމަށް ނަސޭހަތްތެރިވަމެވެ.
މެސެޖު ދެއްވީ: އަލްއުސްތާޛު އުސާމް މުޙައްމަދު / އިލްމު އިންސްޓިޓިއުޓް