އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.
ރޭ ފަތިހު 04:00ގައި ހަމަލާދީފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުން ބައިސްކަލުގައި ދިޔަ އިންޑިއާ ފިރިހެނަކަށެވެ. އޭނާގެ މޫނު މައްޗަށް ދިން ހަމަލާއާ ގުޅިގެން މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނަ އިރު ފުލުހުން ބުނީ މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
މިކަމާ ގުޅިގެން މީހަކު ހައްޔަރު ކުރިކަން ކަށަވަރެއް ނުވެއެވެ. ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަހުގީހު ކުރަމުންނެވެ.