ޚަބަރު

މަޖިލިސް ކުރާގޭގެ މަރާމާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ބައްލަވާލައްވައިފި އެވެ.

މަޖިލިސް ކުރާ ގޭގައި މިދިޔަ އަހަރުން ފެށިގެން ވަނީ ބޮޑު މަރާމާތްތަކެއް ކުރަން ފަށައިފައެވެ.

އެގޮތުން މަޖިލީހުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

އެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތް ބައްލަވާލެއްވުމަށް ރައީސް މަޖިލިސް އިދާރާއަށް ވަޑައިގެންފައިވަނީ ރޭގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ވަޑައިންނަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މާދަމާ ހެނދުނު 9:00 ޖަހާއިރު ފަށާނެއެވެ.