ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ފެރީ ޓާމިނަލްގެ ހިދުމަތް މާލެ-ހުޅުމާލޭ ފެރީ ޓާމިނަލަށް ބަދަލުކޮށްފި އެވެ.
އެއާޕޯޓުގެ ފެރީ ހިދުމަތް ފޯރުކޮށްދޭ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރޭ 0015 އިން ފެށިގެން އެއާޕޯޓަށް ދަތުރުކުރާ ފެރީތައް ފުރާނީ ހުޅުމާލެ ޓާމިނަލުން ކަމަށެވެ.
އެގޮތަށް ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދޭ ތަނަށް ބަދަލު ގެނެސްފައިވަނީ ހުޅުމާލޭ ޓާމިނަލްގައި ޖާގަ އިތުރުވުމުންނެވެ.
މިދިޔަ އަހަރު ސިނަމާލެ ބްރިޖު ހުޅުވުމާއެކު ކަނޑުމަގުން އެއާޕޯޓަށްދާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.